ޑޯނަރ ކޮންފަރެންސުން ލިބުނު އެހީގެ މުޅި ޖުމްލަ އަދަދު 400 މިލިއަން ޑޮލަރަށްވުރެ ވެސް ބޮޑު: ޑރ.ޝަހީދު

10:00ޑޯނަރ ކޮންފަރެންސުން ލިބުނީ 313 މިލިއަން ޑޮލަރު ނޫން ކަމަށާއި އެ ކޮންފަރެންސުން ލިބުނު އެހީގެ މުޅި ޖުމްލަ އަދަދު 400 މިލިއަން ޑޮލަރަށްވުރެ ވެސް ބޮޑު ކަމަށް ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. ޝަހީދު ވިދާޅުވީ ޑޯނަރ ކޮންފަރެންސުން ހޯދަން ބޭނުންވި 445 މިލިއަން ޑޮލަރަށްވުރެ، ބޮޑު އަދަދެއްގެ އެހީ ލިބިފައިވާ ކަމަށެވެ. ޑޯނަރ ކޮންފަރެންސުން ލިބުނު އެހީގެ އަދަދު އަންދާޒާ ކޮށްލިއިރު، 487 މިލިއަން ޑޮލަރަށް އަރާ ކަމަށާއި އެއީ ކުރިން ލިބުމަށް އުމްމީދު ކުރި 313 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.ޑރ. ޝަހީދު އަދި ވިދާޅުވީ ކުރިން ރާއްޖެއަށް އެހީ ވެދީފައި ނޫވާ އެތައް ގައުމަކުން ޑޯނަރ ކޮންފަރެންސްގައި އެހީ ވެދީފައިވާ ކަމަށާއި އަރަބި ގައުމު ތަކުންވެސް ބޮޑު އަދަދުތަކަކުން އެހީ ދީފައިވާ ކަމަށެވެ.ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހާ ބޮޑު އެހީއެއް ވެދިން ސަބަބެއް ކަމަށް ޑރ. ޝަހީދު ވިދާޅުވީ ބޭރުދުނިޔޭގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހޯއްދަވަމުންދާ ގެންދަވާ ކާމިޔާބީ ކަމަށާއި އެންމެ ބޮޑު ހަގީގަތަކީ ކޯޕަން ހޭގަންގައި ރައީސް ނަޝީދު ދުނިޔޭގެ ކުރިމަގަށްޓަކައި ދެއްކެވި ނަމޫނާ މިސާލު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ