ލާމަރުކަޒީ ބިލުން ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ދެމެހެއްޓޭނީ އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް ޒާތީ ތައައްސުބުން އެއްކިބާވެގެން: ގާސިމް

14:30އެންމެ ޕާޓީއަކަށް ކާމިޔާބުވާ ގޮތަށް ކަންކަންކުރުމަކީ އަމިއްލަ އެދުމާއި ފައިދާ ހިމެނޭ ކަމެއް ކަމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުން ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ދެމެހެއްޓޭނީ އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް ޒާތީ ތައައްސުބުން އެއްކިބާވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުން، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްވުމާ ގުޅިގެން އެ ބިލު ފާސްކުރުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ހިމެނޭ ގޮތަށް އާޓިފިޝަލް ބީޗުގައި ޑީއާރުޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މި ޖަލްސާ އަކީ ރައްޔިތުންނަށް ލިބިގެންދާ ކުރިއެރުމެއް ފާހަގަކުރުމުގެ ގޮތުން ބައިވެރިވެރިވެވަޑައިގެން ޖަލްސާއެއް ކަމަށާއި، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ގާސިމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ނިމިގެންދިޔައީ ކަމަށް ބަލާނެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ޑިމޮކްރަސީ ފުރިހަމަވެގެންދާނީ މި ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންނަށް ލިބިދޭންޖެހޭ މިނިވަންކަމާއި އެބައިމީހުންގެ ކަންތައްތައް އެބައިމީހުން އެދޭ ގޮތަށް ނިންމުމުގެ ބާރުދީގެން ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ. ގާސިމްގެ ވާހަކައިގައި ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަކީ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ އަދި ޑިމޮކްރަސީ އަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވި އެވެ.ޑީއާރުޕީގެ ރޭގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބާއި، ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ