މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ޗައިނާ އާއިއެކު 90 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފަށައިފި

މާލެ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 90 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ޗައިނާގެ ޑޮއެންގް ސެންގް ކުންފުންޏާއިއެކު މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ. މި މަޝްރޫޢުގެ އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުއްޝަކޫރު ސޯލިހުއެވެ. އަދި ޗައިނާގެ ޑޮންފޭންގް އިލެކްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮޖެކްޓްގެ މެނޭޖަރެވެ.
މާލެއަށް މިވަގުތު ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސޮއިކުރެވުނު މި އެއްބަސްވުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، މަސައްކަތް ނިމުމުން މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ކުންފުނި މެދުވެރިކޮށް ނަގާ 76 މިލިޔަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން 8 މެގަވޯޓްގެ 6 ޖަނަރޭޓަރު މާލޭގައި ބެހެއްޓިގެން ދާނެ ކަމަށާއި، 50 މެގަވޯޓުގެ ކަރަންޓް އިތުރަށް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އަދި ޕްރޮޖެކްޓް ނިމުމުން މިހާރު ބޭނުންކުރަމުން ގެންދާ ޖަނަރޭޓަރެއް ނިއްވާލަން ޖެހުނު ނަމަވެސް، މާލެއިން ކަރަންޓް ކެނޑިގެން ނުދާނެ ކަަމަށާއި، އަލަށް އިމާރާތް ކުރަމުން ގެންދާ އިމާރާތްތަކަށާއި ސަރުކާރުގެ ބޮޑެތި އޮފީސްތަކަށް ވެސް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ ފިފްތު ޕަވާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތޭރަގައި ފެށުމަށް ހަމަޖެހިފައި ވާއިރު، އެ ޕްރޮޖެކްޓް މަސައްކަތް ނިމޭ އިރު އެ ސައިޓާއި ސްޓެލްކޯގެ މެއިން ޕަވާ ސްޓޭޝަނާ ގުޅާލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ