ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ ޖުލައި 13 ވަނަ ދުވަހު ނެރުނު ހުކުމުގައި އަޙްކަމްތަކަށް ފެތޭނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚް ކަމުގައިވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތަކުގެ މަށްޗަށް ކަމަށްވެފައި، އަދި އެ ޤަޟިއްޔާގައި ކަނޑައަޅައިފައިވާ އަޙްކަމްތައް އެ ކޯޓުން ނެރުނު އަމުރުގެ ޒަރީއްޔާއިން އިތުރަށް ކަށަވަރު ކޮށްދެވިފައި އޮތުމާއެކު އަދި އެ ޤަޟިއްޔާއަކީ ޙުކުމްކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ މެންބަރުކަމާ މެދު ވަކިގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އެ ތާރީޚުގެ ފަހުން އެ ފަރާތްތަކުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް ތަޠުބީޤުވެގެން އަޙްކަމްތަކެއް ބަޔާންކުރާ ޤަޟިއްޔާއެއް ކަމަށެވެ.
އަދި އެ ޤަޟިއްޔާގެ ދަށުން އެ ޤަޟިއްޔާގައި ބުނެފައިވާ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެ ގޮތްތައް ބަޔާން ކޮށްފައިި އޮތުމުން، އެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މެނުވީ އެ ތާރީޚު ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ މެންބަރުކަމާ މެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޙުކުމުގައި ކޯޓު އަމުރުން އެނގެން އޮންނަ ކަމަށް ބުނެފައިވެއެވެ.
އަދި އެ ޙުކުމުގައި ކޯޓު އަމުރުން އެ ޙުކުމް ކުރި ތާރީޚުން ފެށިގެން އެ ޙުކުމުގައި ބަޔާން ކޮށްފައިވާ އަޙްކަމްތައް ތަޠްބީޤުކޮށް ތަންފީޛުކުރުމުގެ އިޖުރާއަތު ސިފަކޮށް ބަޔާންކޮށް ފްލޯރ ކްރޮސިންގ ކުރުމުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ދެވިފައި ވާތީ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލައި އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށް ސާފުބަހު ން ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމާއި އަދި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ޤނޫނުގައި ކަން އޮތްގޮތް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފައި ވާ ނިންމުމެއް އޮތުމާއެކު އަދި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެ މައްސަލައެއްގެ އެންމެފަހުގެ ނިންމުން ކަމަށް ދިވެހިރއްޖޭގެ ޖުމްހޫރިއްޔގެ ޤނޫނުއަސސީގައި ކަނޑައަޅައި ބަޔާންވެފައިީ ވިތީ، ޤނޫނީ ގޮތުން ޙައްލު ދެވިފައިވ ީ މި މައުޟޫއާ ގުޅިގެން އިތުރު ޙުކުމެއްކުރަން ނުޖެހޭތީ، ދިވެހިރއްޖޭގެ ޖުމްހޫރިއްޔގެ ޤނޫނުއަސސީގެ 145 ވަނަ މއްދގެ (ނ) އާއި ދިވެހިރއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އާއި އަދި ދިވެހިރއްޖޭގެ ޖުމްހޫރިއްޔގެ ޤނޫނުއަސާސީގެ 268 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 17/SC-C/2017 ޤަޟިއްޔާގެ ޙުކުމަށް ފަހު، ހުށަހެޅިފައިވ ާ ނަންބަރު 19/SC-C/2017 ޤަޟިއްޔ އާއި ނަންބަރު20/SC-C/2017 ޤަޟިއްޔާ އާއި ނަންބަރު 21/SC-C/2017 ޤަޟިއްޔާ އާއި ނަންބަ ރު 22/SC-C/2017 ޤަޟިއްޔ ާ ދިވެހިރއްޖޭގެ ޖުމްހޫރި އްޔާގެ ޤނޫނުއަސސީގެ 74 ވަނަ މއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ދިވެހިރއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފޤުން ނިންމައިފީމެވެ.
ތަފްސީލު އަންނަނީ
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ