މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓްގެ ހިދުމަތް ކެނޑިއްޖެ އެވެ.
މިއަދު ހެނދުނު 9:45 ހާއިރު ކަރަންޓް ކަނޑައިގެން ގޮސްފައިވަނީ ހެންވޭރުގެ ބޮޑު ސަރަހައްދަކުންނެވެ. އެކަމަކު އެހެން ބައެއް ސަރަަހައްދުތަކުން ވެސް ކަރަންޓް ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ ބައެއް ސަރަަހައްދުތަކުން ކަރަންޓް ކެނޑިފައިވާތީ މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓް ކެނޑިފައިވާ ސަބަބާ ގުޅޭގޮތުން ސުވާލުކުރުމަށް އޭނާ ވިދާޅުވީ އެކަން ހިނގާދިޔަ ގޮތެއް ބެލުމަށްފަހު އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަަމަށެެވެ.
މާލޭސިޓީގެ ބައެއް ސަރަހައްދުތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ވެސް ކަރަންޓް ކެނޑި ހިދުމަތް ދެވުނީ ދެ ގަޑިއިރު ފަހުންނެވެ.
މާލެއިން ކަރަންޓް ކެނޑުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. އަދި ކަރަންޓް ކެނޑި ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރަމުންދާތީ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށާއި ސްޓެލްކޯ އަށް އަމާޒުވެފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހްމަދު ޒުހޫރު ދާދި ފަހުން ވިދާޅުވީ މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯގައި އެބަހުރި ކަމަށެވެ. މާލެއިން މިހާރު ކަރަންޓް ކެނޑެން މެދުވެރިވާ މައިގަނޑު ސަބަބަކީ މާލެއަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކަރަންޓް ކޭބަލްތައް ބަލިކަށިވުން ކަމަށްވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.
މުޅި ރާއްޖެއަށް 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް ކަރަންޓްގެ މައްސަލައެއް ރަށެއްގައި ނުހިނގާ ދުވަހެއް މަދެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ