އޭސީސީ އިން ބަލަމުންދާ މައްސަލަ އެއްގައި މެމްބަރު ސައުދު ފުލުހަށް ހާޒިރުކުރަނީ

އޭސީސީ އިން ބަލަމުންދާ މައްސަލަ އެއްގައި ވިލިނގިލި ދާއިރާގެ މެމްބާރު ސައުދު ހުސެއިން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މާދަމާ ހެނދުނު 10:00 އަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ސައުދަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އޭސީސީއިން ތަހުޤީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
މިކަމާ ގުޅިގެން ސައުދު ވިދާޅުވެފައި ވަނީ މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާނެ ކަމަށާއި އަދި މިކަންތަކަކީ ސިޔާސީ ގޮތުން ހިނގާ ސިލްސިލާ ތަހުޤީގުތަކެއް ކަމަށެވެ.
އޭސީސީ އިން ބަލަމުންދަނީ 2011 ވަނަ އަހަރު
ސައުދު ގއ.ވިލިނގިލީ ރަށު ކައުންސިލްގެ ރައީސަކަށް
ހުންނެވި އިރު ހިނގާފައިވާ ލިޔުންތަކެއްގެ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ