ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދަށުން ކުރިއަށް ގެންދަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ މައްސަލަ އެ ކޯޓުން ބާތިލްކޮށްފިއެވެ.
މައުމޫން ޕީޕީއެމްއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ކޯޓުތަކުން ކުރި ހުކުމާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް ހިންގަމުން ދާ ކަމަށް ބުނެ އެވެ.
އެ ދައުވާގައި ކޯޓުތަކުން ކުރި ހުކުމުގައި ވާގޮތުން ރައީސް ޔާމީންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕީޕީއެމްގެ ރައީސްގެ ހުރިހާ ބާރެއް މުޝްތަޝާރުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް ހުކުމުގައި ބުނެފައި ނުވާ ކަމަށް ބުނެފައިވެއެވެ.
މައްސަލަ ބާތިލުކޮށް ސިވިލް ކޯޓުން ބުނެފައި ވަނީ އެއީ މީގެ ކުރިން ސިވިލް ކޯޓުން ބަލާފައިވާ އަދި އެ މައްސަލައަކަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ނިންނުމެއް ނިންމާފައިވާ ވަނިކޮށް އެ މައްސަލައާ ގުޅިގެން އިތުރު ދައުވާއެއް ހުށަހެޅުމުން ބަލައިގަތުމާއި ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ހިންގުުން ރައީސް ޔާމީނަށް ދިނުމަށް ކޯޓުތަކުން ނިންމާފައިވާއިރު, ޕީޕީއެމް ތެރޭގައި ޙިޔާލު ތަފާތުވުން އުފެދި ޕާޓީގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ.
މައުމޫނު ޕީޕީއެމްއާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ