ހުވަދު އަތޮޅަށް މޫސުން ގޯސް

ހުވަދު އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ.
މި ސަމާލުގައި ބުނެފައިވަނީ މިއަދު މެންދުރުފަހު 2:00 އާއި ހަވީރު 06:00 އާއި ދެމެދުގެ ވަގުތުތަކުގައި ގއ. އަދި ގދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ