ރައީސް ސޯލިހްގެ ނޫސްވެރިންގެ ބައްދަލުވުމެއް، މިއަދު ހަވީރު

މިއަދު ހަވީރު 16:30 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހަވީރު 16:30 ގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ. ބެލެވޭ ގޮތުގައި މިއަދު، ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު އަލުން ހުޅުވާލާނެ ތާރީހާއި، ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާލާނެ ތާރީހުވެސް އިއުލާންކުރެވިގެން ދާނެއެވެ.
ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ހުއްޓި ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު, ލިބުނު ކުރިއެރުންތަކުގެ ސަބަބުން ޤައުމު ހުޅުވާލުމަށް އެކުލަވާލާފައިވާ ޕްލޭން ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރެވިގެންދާނެކަމަށް ބެލެވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ މައުލޫމާތު އެމަނިކުފާނު ހިއްސާކުރައްވާނެ އެވެ.
ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް މި ބާއްވަވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެވެ. އެމަނިކުފާނު އެންމެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައިވަނީ މާލެ ސަރަހައްދު ލޮކްޑައުންކުރުމުގެ ކުރިން، ދަރުބާރުގޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ