އަސްކަރިއްޔާއިން ވަނީ މުޅި ނިޒާމު ހިސޯރުކޮށްފައި: ގާސިމް

ރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމު މިވަނީ އަސްކަރިއްޔާއިން ހިސޯރުކޮށްފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާއަށް މިވަގުތު ޖަރުމަންގައި ހުންނެވި ގާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމު އަސްކަރިއްޔާއިން ހިސޯރުކޮށްފައިވާތީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް އަލުން އިޔާދަ ކުރުމަށް އދގެ އެހީ މިވަގުތު ކޮންމެހެން ބޭނުންވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް އެހެން ފަނޑިޔާރުންނަށް ކުރިމަތި ކުރުވާ ފިއްތުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުން ފެނިގެންދަނީ ރާއްޖޭގައި ގާނޫނީ ވެރިކަން ހިނގަމުން ނުދާ މަންޒަރު ކަމަށެވެ. އެހެންކަމުން ގައުމުގެ ގާނޫނު އަސާސީ އާއި ގާނޫނީ ބާރު ފުނޑުފުނޑު ވެފައިވާ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ