ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ ފަސް އިންސައްތައަށް ތިރިކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމަށްފަހު، ޕާޓީގެ މެމްބަރުންގެ އަދަދު 160,000 އަށް އިތުރު ކުރައްވާނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ފޯނުން ގުޅައިގެން ވޯޓު ހޯދިދާނެ ނަމަވެސް، ފިނި ކޮޓަރިއެއްގައި އިނދެގެން ޕާޓީގެ ”ރީންދޫ ލަޝްކަރު“ ނުނެރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ އަޑު އަލުން ގަދަކުރެވޭނީ ބުރަ މަސައްކަތުން ކަމަށާއި، މިފަހަރު ލަޝްކަރު ނެރުމުގެ މަސައްކަތް ކުރިއަށްވުރެ ފަސޭހަވެފައި ގެއްލުން ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަށް ދައުވާކޮށްގެން ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހޯދަން އުޅޭ 300 މިލިއަން ޑޮލަރުގެ ދަރަންޏެއް ނުލިބޭނެ ކަމަށެވެ.
”ޑރ. މުއިއްޒު އަޑު އައްސަވަން ޖެހޭނެ. ތިބޭފުޅާއަށް އަޅުގަނޑުމެންގެ މައްޗަށް ނޭރޭނެ، މާބޮޑަށް ބަލިވާނެ،“ ނަޝީދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޖަމާއަތްތަކުން މަސައްކަތް ކުރާ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި އެއްވެ އުޅުމުގެ ހައްގު ބޭނުންކުރާ މެމްބަރުންގެ މައްޗަށް ދައުވާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ހުރަސްކޮށްގެން ނުވާނެ ”ރަތް ރޮނގެއް“ ކަމަށް ސިފަކުރައްވަމުން ނަޝީދު އިންޒާރު ދެއްވީ، އެ ރޮނގު ހުރަސްކޮށްފި ނަމަ ރައީސް މުއިއްޒު ވެރިކަމުން ބާލާނެ ކަމަށެވެ.
ރައީސް މުއިއްޒު ހުންނަވަން ޖެހޭނީ ސައިޒުގައި، 5 ޕަސެންޓަށް ތިރިކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ