ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސިޔާސީ ގޮތުން “ނޭވާލެވެނީ” އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ކަންނެތްވެފައި އޮތުމުން ކަމަށާއި، އެ ޕާޓީން އަލުން އިންތިޒާމުވެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޓައުންހޯލް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ، މިހާރު އޮތް ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެމްޑީޕީން މިހާރަށްވުރެ ބޮޑަށް ނުކުންނަންޖެހޭ ކަމަށް ބާރުއަޅުއްވައި ހިތްވަރުދެއްވާފައެވެ. ޔާމީން ވިދާޅުވީ، ރާއްޖޭގައި ރަސްމީކޮށް އޮތް މައި އޮޕޮޒިޝަނަކީ އެމްޑީޕީ ކަމަށްވާއިރު، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މަޑުޖެހިފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އެމްޑީޕީއަކީ ގިނަ އަދަދެއްގެ މީހުންނާއި ތައުލީމީ، އިލްމީ ބޭފުޅުން ތިއްބެވި ޕާޓީއެއްކަން ފާހަގަކުރައްވައި، އެ ބޭފުޅުން ރަނގަޅަށް އިންތިޒާމުވެގެން ސަރުކާރާ ދެކޮޅަށް ނުކުންނަންޖެހޭ ކަމަށް ޔާމީން ގޮވާލެއްވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން އެއްވެސް ކުރިމަގެއް އޮތް ކަމަކަށް ނުފެނެއެވެ.
ފަހަކަށް އައިސް ބާއްވަމުންދާ ބައި-އިލެކްޝަންތަކުން ވެސް ސަރުކާރަށް ކުރިއެރުމެއް ހޯދޭ ތަނެއް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާ ހިލާފަށް، ކުޑަކުޑަ ޕާޓީއެއްގެ ގޮތުގައި އޮވެ ޕީއެންއެފުން ކުރަމުންދާ ސިޔާސީ މަސައްކަތްތަކާ މެދު ފަހުރުވެރިވާ ކަމަށާއި، އޭގެ ހެޔޮ ނަތީޖާ އިންތިހާބުތަކުން ފެންނަމުންދާ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން، ރައީސް އަންގަވައިގެނެއް ނޫން: މުންދު “މައުލޫމާތު އާންމުކުރުމަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް” ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރު ޒަރީރު އައްޔަން ކުރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ