ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަހްމަދު އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު އިސްތިއުފާ ދެއްވައިފިއެވެ.
ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަން ފައްޓަވާފައެވެ. އެގޮތުން އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ ވެރިންވެސް ވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.
ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބަދަލުތައް ގެންނަ ސަބަބެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ