ބީއެމްއެލްއިން ސާފިން އެސޯސިއޭޝަނަށް އެހީވުމުގެ އެއްބަސްވުން އާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރުގެ ގޮތުގަ ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.
ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން:
ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ 
ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ބާއްވާ 'ނޭޝަނަލް ޖޫނިއަ ސާފިން ޗެމްޕިއަންޝިޕް'އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ
ބީއެމްއެލް އިން އެމްއެސްއޭއާ އެކު އެންމެ ފުރަތަމަ ޕާޓްނަޝިޕް ގާއިމުކުރީ 2022ގަ އެވެ. އަދި 2024ގައި އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާ އެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް ހިންގަ އެވެ.
މި ސްކޮލަޝިޕް އެންމެ ފަހުން ލިބިފައިވަނީ ސާފިން ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލަޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ