ބިދޭސީއަކު އަތުން ފޯނެއް ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކު އަތުން ފޯނެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށެވެ.
ބިދޭސީ މީހާއަތުން ފޯނު ފޭރި ގަތީ އޭނާ ހ. އެއްގަމުގޭ ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ ދިވެހި ފިރިހެނުންނެވެ.
‘’މި މައްސަލާގައި ފޭރު ފޯނު ވަނީ ރިކަވާ ކުރެވިފައި’’ ފުލުހުން ބުނެފަވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.
ފޯނެއް ފޭރިގަނެފައި ވަނީ ބިދޭސީ ފިރިހެނެއްގެ އަތުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ