ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އަލްސަންވެސް ޕީއެންސީއަށް!

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް އިންތިޚާބުވި މެންބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
އަލްސަން ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އަލްސަންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ނިމިދިޔަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަލްސަން ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އަދި އޭނާއަކީ މި ފަހަރު މަޖިލީހަށް ހޮވުނު އެންމެ ހަގު މެންބަރުކަން ފާހަގަ ކޮށްލެވެއެއެވެ.
Advertisement
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއިން ސުޕަރމެޖޯރިޓީއެއް ހޯދި އިރު، އިންތިޚާބަށްފަހު، އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އަށް މެންބަރުން ވަނީ މީގެ ކުރިން ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާފައެވެ. އަލަށް ޕީއެންސީއަށް ސޮއިކުރެއްވި މި މެންބަރާއި އެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 75 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ