އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ، ރިޓަޔާ ކުރައްވައިފި

ދިވެހި އަސްކަރިއްޔާގެ ހަޔާތުގައި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަޤާމު އެންމެ ފުރަތަމަ ފުރުއްވީ ކޮމާންޑް ސާޖަންޓް މޭޖާ އަޙްމަދު އަބްދުﷲ އެވެ.
އެމްއެންޑީއެފްގެ ސާޖަންޓް މޭޖާގެ މަގާމުގައި ހުންނެވި ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ، ސިފައިންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
އިއްޔެ ރިޓަޔާ ކުރެއްވި ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ މެއި 11، 1992 ގައެވެ.ދިވެހި އަސްކަރިއްޔާގެ ތާރީހު ގައި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމު އެންމެ ފުރަތަމަ ފުރުއްވީ ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ އެވެ. ސާޖަންޓް މޭޖާ އަހްމަދުގެ 31 އަހަރުގެ ސިފައިންގެ ހިދުމަތުގައި އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ