މަސައްކަތްކުރާނީ އެއިރެއްގައި އޮންނަ ސަރުކާރަކާއެކު ތަރައްގީ ގެނައުމަށް: މުންޑޫ ކައުންސިލް ކެލާ ރައްޔިތުނަށް ރައީސް ވެލެއްވި ވައުދުގެ ފުރަތަމަ މަރުހަލާ ފަށައިފި ކޮންމެ ވައުދެއްވެސް ވީ ފުއްދާނެ ގޮތް އެނގިގެން: ރައީސް ފެން ބިލާއި ކަރަންޓު ބިލުގެ ޖޫރިމަނާ ކަ

މި ސަރުކާރުގައި ބަދަލުހިފުމުގެ ރޫހު ނުފެންނާނެ ކަމަށާއި ސިޔާސީ ބޭފުޅުން ކިތަންމެ ގިނަ ވާހަކަތަކެއް ޕޯޑިއަމްތަކުގައި ދެއްކި ނަމަވެސް ހައްޔަރު ނުކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސަގައި ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަން ހަދައިގެން، ނޫނީ އެހެން ކޮމިޝަނެއް ހަދައިގެން ސިޔާސީ މީހުން ގެންގޮސް ހައްޔަރުކޮށް، ޖަލަށްލުމަކީ މި ސަރުކާރުން ކުރާނެކަމެއް ނޫންކަމަށެވެ.
ބައެއް ފަރާތްތަކުގެ ކިބައިން ފެންނަނީ އަނެއްކާވެސް މަޖިލިސް ތެރެއިން ބާރު ހޯދައިގެން ރައްޔިތުންގެ މައްޗަށް ބަދަލު ހިފަން އުޅޭ މަންޒަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށެވެ. ރާއްޖެ އޮންނަން ޖެހޭނީ ދިވެހިންގެ އަތްމަތީގައި ކަމަށްވާއިރު މި މަހުގެ 21 ގައި ރައްޔިތުންލާ ވޯޓަކީ ތަރައްގީ އަށް ދޭ ވޯޓަކަށް ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އެއްބާރުލުން ލިބޭނަމަ، އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްވެސް ވައުދެއް ދޫނުކުރައްވައި ހުރިހާ ވައުދުފުޅުތަކެއް ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ