އަމާޒަކީ ލަސްވެގެން ނޮވެންބަރު މަހު ހަނިމާދޫ އެއާޕޯޓު ހުޅުވުން: ރައީސް
އަމާޒަކީ ލަސްވެގެން އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ހދ. ހަނިމާދޫ އެއާޕޯޓު ނިންމައި ހުޅުވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން ރައީސް ވަނީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ އަދާހަމަތައް ހިއްސާކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ އެއާޕޯޓު ހަދަނީ ޒަމާނީ ފެންވަރަށް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތްތައް ދަނީ ކުރިއަށްވުރެ ބާރު ސްޕީޑުގައި ކަމަށެވެ. މިހާރު މިދާ ސްޕީޑުގައި ގެންގޮސް، އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާނަން. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ ހަމަ އެންމެ ލަސްވެގެން ނޮވެންބަރު މަހުގެ ތެރޭގައި އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި ހުޅުވުންރައީސް ޑރ. މުޙައްމަދު މުއިއްޒު އިތުރަށް ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް ފެންވަރަކަށް ތަރައްގީ ކުރާ އެއާޕޯޓަކަށް ވާތީ، ހުޅުވާނީ އެތަނުން ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ)ގެ ކައުންޓަރެއް ބެހެއްޓުމަށްފަހު ކަމަށެވެ. ރަށުގެ ފަތުރުވެރިކަމަށް މަގު ފަހިވާނޭ ފަދައިން، އެއާޕޯޓުން ބޭރުގައި ވެސް ޑޮލަރު އޭޓީއެމްއަކާއި ބީއެމްއެލްއާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭޓީއެމެއް ވެސް ބަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެއިތުރަށް، އެއާޕޯޓު ހުޅުވެން ވާއިރަށް އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތް ގާއިމުކޮށްދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއެކު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މަޝްރޫއުގެ 88.7 ޕަސެންޓުގެ މަސައްކަތް އޭރު ނިމިފައިވާ ކަމަށާއި، ސެޕްޓެންބަރުގައި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ. https://sun.mv/208029 ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި, ބޭރު ފްލައިޓްތަކުގެ ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުން މި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އެ ރަށު ރައްޔިތުން އުއްމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ