ދިރާގު ކޯލް އޮފް ޑިއުޓީ ސީރީޒަށް މިރޭ 10އާ ޖެހެންދެން ރަޖިސްޓްރީކުރެވޭނެ

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން ބާއްވާ ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒް 2އަށް ރަޖިސްޓަރީވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދިރާގުން ބުނީ މިރޭ 10އާ ހަމައަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް އޮންލައިންކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.
ތަފްސީލް - ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް ކޯލް އޮފް ޑިއުޓީގެ މި މުބާރާތުގައި:
ފަށާނީ މި މަހު 30ގައި 
މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށް 
މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ.ގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅާފައި
ގުޅުން ހުރި - ދާދި ފަހުން ޑީޖީޖީން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާ އެކު ނިންމާލާފަ އެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ބައިވެރިވި އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ