ބަންދުގައި ހުރި މީހަކު ހޮސްޕިޓަލުގައި ބޭއްވުމުން އުޅުނީ ފާހަނައިގެ ކުޑަދޮރުން ފިލަން

ފުލުހުންގެ ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދިޔުމުން ފާހަނައިގެ ކުޑަދޮރުން ފިލަން މަސައްކަތް ކޮށްފިއެވެ. 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، އއ. ރަސްދޫގައި ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމަށް ރޭ އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ ހޮސްޕިޓަލުގައި އޮބްޒަވޭޝަންގައި ބާއްވާފައި އޮއްވާ، ފާހާނައަށް ވަދެ ކުޑަދޮރުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އެވަގުތު އޭނާ ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުސް އޮފިސަރު އޭނާ ވަނީ ހިފަހައްޓާފައެވެ. ނަމަވެސް، ފިލަން އުޅުނު މީހާގެ ވަނަވަރާއި ކޮން ބާވަތެއްގެ މައްސަލައެއްގެ ބަންދުގައި ހުރި މީހެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ. ފާހަގަކުރެވޭ ގޮތުގައި، ބަންދުގައި ތިބޭ މީހުން ފިލަން މަސައްކަތް ކުރި ހާދިސާތައް މީގެކުރިން ފެންމަތިވެފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ