އޭޝިއާ ސާފިން މުބާރާތަށް ގައުމީ ސާފިން ޓީމުތައް އިންޑިއާ އަށް އޭޝިއާ ސާފިން މުބާރާތަށް ގައުމީ ސާފިން ޓީމުތައް އިންޑިއާ އަށް

އިންޑިއާގެ ޓެމިލް ނާޑޫގައި އަންނަ މަހު ފަށާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ސާފިން ޓީމުތައް އިންޑިއާ އަށް ފުރައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ގައުމީ ސީނިއާ ފިރިހެން ސާފިން ޓީމުގެ އިތުރުން، ޖޫނިއާ އަދި އަންހެން ޓީމު ވެސް ވާދަކުރާނެ އެވެ. މިއީ ގައުމީ ޖޫނިއާ އަދި އަންހެން ޓީމުން ރާއްޖެއިން ބޭރުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) އެވެ.
ޖޫނިއާ ޓީމުގައި ހިމެނެނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އެވެ.
ގައުމީ ޖޫނިއާ އަދި ސީނިއާ ޓީމުގެ ސްކޮޑް އެކުލަވާލައިފައި ވަނީ މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވި ޓްރަޔަލް ތަކަށްފަހު ޓްރަޔަލްތަކަށްފަހު އެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އަންހެން ސާފިން ޓީމުންވެސް ބައިވެރިވާނެ އެވެ. އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ.
އަންނަ މަހުގެ 3 އިން 12 އަށް ޓެމިލް ނާޑޫގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުތަކަށް އިރުޝާދު ދޭނީ، ހުސެއިން އަރީފް (އިބޫ) އެވެ.
މިދިޔަ ދެ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ، މި މުބާރާތުގައި ރާއްޖޭގެ ސާފަރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އިބޫ ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޓީމް އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ