ސިޔާސީ ދާއިރާގެ މަދު ކަނބަލުންގެ ހައްގުގައި ރޮޒައިނާ!

ސިޔާސީ ދާއިރާގައި އުޅޭ މަދު ކަނބަލުންނަށް ’ފޯކަސް‘ ކޮށްގެން ގަނާ ކުރުމުގެ އަމަލުތައް ހިނގަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މެމްބަރު ރޮޒައިނާ މިކަން ހާމަކުރައްވާފައިވަނީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.
ރޮޒައިނާގެ ޓްވީޓުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުން ’ބުލީ‘ ކުރަން އުޅުމަކީ ދެރަކަމެއްގެ ގޮތުގައި ފާހަގަކުރައްވާއެވެ. އަދި ވަކިން ާއްސަކޮށް ސިޔާސީ ދާއިރާގައި އުޅުއްވާ މަދު އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތައް ރޮޒައިނާ ވަނީ ކުށްވެރި ކުރައްވާފައެވެ.
ރޮޒައިނާގެ ޓްވީޓުގައި ވަނީ ސިޔާސީ ދާއިރާގައި ކަނބަލުންނަށް ދިމާވާ މިފަދަ މައްސަލަތުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ