ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓީޖީއެސްޓީ ރޭޓު 17 ޕަސެންޓަށް ބޮޑު ކުރި އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މި އިސްލާހުގައި ވަނީ މިއަދުން ފެށިގެން ޓީޖީއެސްޓީ ރޭޓް 17 އިންސައްތައަށް އިތުރުވާނެ ކަމަށް ކަނޑައަޅާފައެވެ. މީގެކުރިން އަމަލުކުރަމުންދިޔަ ގާނޫނުގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 16 އިންސައްތައެވެ.
ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް ބަދަލު ގެނެސް ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާ މިންވަރު ވެސް މިދިޔަ އަހަރު ވަނީ ބޮޑުކޮށްފައެވެ.
އެގޮތުން، މިދިޔަ ޑިސެމްބަރު 1 އިން ފެށިގެން އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި 12 އެމެރިކާ ޑޮލަރު އަދި އިކޮނޮމީ ކުލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު ނަގައެވެ. އަދި ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 އެމެރިކާ ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 އެމެރިކާ ޑޮލަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެގުމަށް ވެސް ނިންމާފައިވެވެ.
މިއަދުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ