އިސްލާމީ މާލީ ނިޒާމުން މީހުން ތަމްރީނުކުރުމަށް 35 ސްކޮލަޝިޕްގެ ފުރުސަތު ރާއްޖޭގެ މަރުކަޒީ ބޭންކުން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް ވަނީ މިދިޔަ 25 ފެބްރުއަރީގައި އިފްތިތާހުކޮށްފަ އެވެ.
އޭގެ ދަށުން 'އެމްއެމްއޭ ތަމްވީލް ސްކޮލާޝިޕް 2025'ގެ ދަށުން ހުޅުވާލީ، އެމްއެމްއޭން ބުނި ގޮތުގައި، އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީއީއައިއެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެން ހުޅުވާލި ސްކޮލަޝިޕްތަކެކެވެ.
އެ ސްކޮލަޝިޕްތަކަކީ:
އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް)، މެލޭޝިއާގެ އިންސީއީއައިއެފްގައި - ހުރިހާ ހަރަދެއް އެމްއެމްއޭން ދައްކާ ގޮތަށް ކިޔެވޭ ފަސް ފުރުސަތާއި %50 ހަރަދު އެމްއެމްއޭން ދޭ ފަސް ފުރުސަތު
އީއެމްއައިއެފް އިން މައިކްރޯ ސާޓިފިކޭޝަން، މެލޭޝިއާގެ އިންސީއީއައިއެފްގައި - ފަސް ފުރުސަތު
ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް)، މެލޭޝިއާ - 20 ފުރުސަތު
ފާހަގަކޮށްލެވޭ - މެލޭޝިއާގެ ސެންޓްރަލް ބޭންކް ކަމަށްވާ ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ އިންސެފް ޔުނިވަސިޓީއަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި ދިރާސާާާ ކުރުމަށް ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެކެވެ.
ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަސިޓީއެކެވެ.
އިސްލާމީ މާލީ ނިޒާމަށް 35 ސްކޮލަޝިޕް އެމްއެމްއޭން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ