އިންތިހާބުކުރިތާ ހަފުތާއެއް ފަހުން މީޑިއާ ކައުންސިލްގެ އާ މެންބަރުންނަށް މަގާމު ހަވާލުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި ހުސްކޮށް އޮތް ތިން މެންބަރުންގެ މަގާމަށް މެންބަރުން އިންތިހާބުކުރިތާ ހަފުތާއެއް ފަހުން މެންބަރުންނާ މަގާމު ހަވާލުކޮށް މީޑިއާ ކައުންސިލުން އެ މެންބަރުންނަށް މަރުހަބާ މިއަދު ކިޔައިފި އެވެ.
ވީކިހިނެއް؟ - އެމްއެމްސީގައި ހުސްކޮށް އޮތީ އާންމުން ތަމްސީލްކުރާ މެންބަރެއްގެ ޖާގަ އާއި މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރެއްގެ ޖާގަ އެވެ. މި މަހު 21 ވަނަ ދުވަހު ބޭއްވި އިންތިހާބުން އެ މަގާމުތަަކަށް އިންތިހާބުވީ:
'އަދަދު' ނޫހުގެ ލީވާން އަހުމަދު ނަސީރު
'ދައުރު' ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް
އާންމުން ތަމްސީލްކުރާ ގޮނޑިއަށް ހައްވާ ވަޖުދާ
އާންމުކޮށް އިންތިހާބު ނިމި ނަތީޖާ އިއުލާންކުރުމުން ޖެހިގެން އަންނަ ދުވަހު އިންތިހާބުވި މެންބަރުން މަގާމާ ހަވާލުވެ ކައުންސިލްގެ ޖަލްސާތަކާއި މަސައްކަތްތަކުގައި ބައިވެރިވެ އެވެ.
ނަމަވެސް މި ފަހަރު ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން މަގާމު ހަވާލުނުކޮށް ލަސްކުރި އެވެ.
ތަފްސީލް - ޔޫތު މިނިސްޓްރީން އެ ޝަކުވާއާ ގުޅޭ ގޮތުން ނިންމީ އަލުން އިންތިހާބު ނުބޭއްވުމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ބަލައިގަނެ މެންބަރުން މަގާމު ހަވާލުކުރަން މީޑިއާ ކައުންސިލަށް މިނިސްޓްރީން އެންގި އެވެ.
އެއާ އެކު، މީޑިއާ ކައުންސިލްގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން އާ މެންބަރުންނަށް މަރުހަބާ ކިޔައި ޕޯސްޓްކޮށްފައިވެ އެވެ.
ޔޫތު މިނިސްޓްރީއަށް ޝަކުވާއެއް ހުށަހެޅީ އާންމުން ތަމްސީލްކުރާ ގޮނޑިއަށް ވާދަކޮށް އެންމެ ވޯޓެއް ވެސް ނުލިބޭ މުހައްމަދު އަމީން އަލީ އެވެ. އެގޮތުން:
އަމީނަށް އިންތިހާބުގައި އެންމެ ވޯޓެއް ވެސް ނުލިބޭ
އަމީން ހުށަހެޅި ޝަކުވާއަކީ ރީރަޖިސްޓްރޭޝަނަށް ފަހުން ފުރުސަތު ހުޅުވައިނުލުން
އެ ޝަކުވާ ހުށަހެޅީ އިންތިހާބު ފެށުމުގެ 12 ގަޑިއިރެއްވަރު ކުރިން ދަންވަރު ވަގުތެއްގައި
އިންތިހާބު ކުރިއަށް ގެންދިޔައީ އެ ޝަކުވާއާ މެދު މިނިސްޓްރީން ގޮތެއް ވެސް ނުނިންމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ