ނިމުނު އަހަރު މުދަލު ޒަކާތް ލިބުނު މިންވަރު 12.9% އިތުރު

2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއާ އަޅާކިޔާއިރު 12.9% އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މުދަލު ޒަކާތުގެ ގޮތުގައި 9.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު ލިބުނު 64 މިލިއަން ރުފިޔާއާއި އަޅާބަލާއިރު މިއީ 51.5%އިގެ އިތުރުވުމެކެވެ. 
ކަނޑައެޅިފައިވާ ނިސާބެއް ހަމަވެ، އެއަށް އަހަރެއް ހަމަވުމުން އޭގެން 40/1 މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ. 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރުކަމަށް އިސްލާމި ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގަކީ 9240.35 ދިވެހި ރުފިޔާއެވެ.
2016 ވަނަ އަހަރުން ފެށިގެން މީރާއިން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަ އިރު، އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ. އަދި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު، މީރާގެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ