ޗެލްސީގެ ސަޕޯޓަރުން އެ ޓީމުގެ ފަހަތުގައި ތިބެ އެ ކުރާ ހިތްވަރަށްޓަކައި، މި ސީޒަނުގެ ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުން ނޫން އެހެން އެއްވެސް ޓާގެޓެއް އެ މުބާރާތުގައި ޗެލްސީ އަށް ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ކޮންފަރެންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ޗެލްސީން 1-0 ކޯޕެންހާގެން އަތުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ޖާގަ ހޯދައިފަ އެވެ. އެ މެޗުގައި، ޗެލްސީގެ ހަމައެކަނި ގޯލު ޖަހާފައިވަނީ، ކިއެނަން ޑިއުސްބަރީ-ހޯލް އެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު މަރެސްކާ ބުނީ، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްގޮސް ޗެލްސީ އަކީ މިހާރު މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ދެކޭ މީހުން ގިނަވެފައިވާ ކަމަށެވެ.
"މި ވޭތުވެދިޔަ އަހަރުތަކުގައި މި ކްލަބުން އައީ އަބަދުވެސް ތަށި ހޯދަމުން. މި ސީޒަނުގައި އަހަރެމެންގެ ޓާގެޓް ހާސިލްކުރަން އަހަރެމެން އެބަޖެހޭ ވަރަށް ރަނގަޅަށް މަސައްކަތް ކުރަން. އަހަރެމެން އެބަޖެހޭ ސަޕޯޓަރުންނަށްޓަކައި ވެސް ތަށްޓެއް ހޯދަން، އެ ފުރުސަތު އަހަރެމެންނަށް މި މުބާރާތުން އެބައޮތް،" މަރެސްކާ ބުންޏެވެ.
ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެލްސީ ވާދަކުރަން ޖެހޭނީ ޕޮލެންޑްގެ ލެހިއާ ވޯސޯއާ އެވެ. މަރެސްކާ ބުނީ މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ ކުއާޓާ ފައިނަލުގެ ދެ ލެގަށް ކަމަށާއި އެ މެޗުތަކަށް ވާންޖެހޭ ތައްޔާރީތައް ޓީމު އެކުގައި ކުރިއަށްގެންދާނެ ކަމަށެވެ.
ކޮންފަރެންސް ލީގު ކާމިޔާބުކުރުން ނޫން ގޮތެއް ޗެލްސީ އަށް ނެތް ކޮންފަރެންސް ލީގު ކާމިޔާބުކުރުން ނޫން ގޮތެއް ޗެލްސީ އަށް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ