އަޟްހާ އީދުގެ ފޮޓޯ ހިއްސާކޮށްގެން ރިސޯޓެއްގައި އެއް ރޭ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި

މިއަހަރުގެ އަޟްހާ އީދުގެ ފޮޓޯ ހިއްސާކޮށްގެން ރިސޯޓެއްގައި އެއް ރޭ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
އަޝްހާ އީދުގެ ގިވްއަވޭގައި ދެ މީހަކަށް އަދާރަން މޯލްޑިވްސް ހުދު ރަންފުށީގައި އެއް ރޭ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލާފައިވާއިރު މި ގިވްއަވޭގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަމަކީ އީދުގެ ފޮޓޯތައް ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސްގައި ހިއްސާކުރުމެވެ.
އެގޮތުން އެ ފޮޓޯގައި އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓް ޓެގް ކުރުމާއެކު #CelebrateWithOoredoo ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ.
މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އީދާއި ދިމާކޮށް އުރީދޫއިން މިފަދަ ގިވްއަވޭތައް ކުރިއަށް ގެންގޮސްފައިވާއިރު އެ ކުންފުންޏަކީ މުޖްތަމައުގެ އެކި ކަންތައްތަކުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ