މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ހަބަރު ނުވާތީ ރިޕޯޓްކޮށްފައިވާ މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ ތ. ތިމަރަފުށި، ސަލްވާ، ފާތިމަތު ޝަހުދާ އެވެ.
ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ރޭގަނޑު 8:00 ހާއިރު ކަމަށެވެ. ޝަހުދާ އެންމެ ފަހުން ފެނިފައި ވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުން ކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
ޝަހުދާއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ބުނެފައި ވެއެވެ.
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ، އާއިލާއަށް ހަަބަރު ނުވާތާ 5 ދުވަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ