އަންހެން މީހާ ވެއްޓުން: ޕާސްޕޯޓި ހިފެހެއްޓި އެކަކު މެލޭޝިއާއަށް ފުރި ވާހަކަ ދޮގުކޮށްފި

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ތެރެއިން އަންހެނަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނާ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.އޭޕްރިލް 18، 2025 ވަނަ ދުވަހު ހ. މިތާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއެވެ.މިހާދިސާއާއި ގުޅިގެން ޖުމުލަ ހަތް މީހެއްގެ ފޯނު ހިފެެހެއްޓިއިރު ނުވަ މީހެއްގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު ހާމަކުރި އެވެ. އޭގެ ތެރެއިން ފުލުހުން ފޯނު ނުހިފަހައްޓަނީ ކޮން ބައެއްގެ ކަމެއް ސާފެއް ނޫނެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރަން ފުލުހުންނަށް ފޯނުން ގުޅުމުން ޖަވާބެއް ދީފައި ނުވެ އެވެ.މި ތަހުގީގު ނިމުމުގެ ކުރިން ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.އެކަމަކު، އެ މައްސަލާގައި ފުލުހުން ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައިފާސްކޮށްފައިވެ އެވެ.ޔުމްނު ވެއްޓުނީ ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންް ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު، އެ ފެންލައިޓުން އޭނާ ވެއްޓިދާނެ ކަމާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު، ފުލުހުން އަދިވެސް އަންނަނީ އޭގެ ހަގީގަތް ބަލަމުންނެވެ. ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ