ވިޔަފާރި ދަނޑުވެރިންގެ ދަފުތަރަށް ހުޅުވާލައިފި
ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ދެނެގަތުމަށްޓަކައި ދަފްތަރެއް އެކުލަވާލުމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.އެ މިނިސްޓްރީން ބުނީ ވިޔަފާރި އުސޫލުން މިހާރު ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުން ދަފުތަރުވުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ދަފުތަރު ވާނީ މި މެއިލް info@agriculture.gov.mv އަށް މައުލޫމާތު ފޮނުވައިގެންނެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ވެސް އެ މެއިލް މެދުވެރިކޮށް ހޯދޭނެ އެވެ.ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރުއެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުންދެއެވެ. މިހާރު އެކުލަވާލުމަށް ތައްޔާރުވަމުންދާ ދަފްތަރުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް މިނިސްޓަރު ޑރ. މާރިޔާ ރިސޯޓުތަކަށްށާއި ބައެއް އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރާތް ކުރަށްވާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާއި ބެހޭގޮތުން ކައުންސިލްތަކާއިއެކު ފުޅާދާއިރާއެއްގައި ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ