ދެވަނަ ހައްޖަށް ފަސް އަހަރު ފަހުން ނޫނީ ނުދެވޭ ގޮތަށް އުސޫލަށް ބަަދަލެއް.!
ކޮންމެ އަަހަރަކު ވެސް އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތަށް، ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު އެކުލަވާލައި މިއަދު ގެޒެޓުކޮށްފި އެވެ.އެ އުސޫލުގައި ބުނާގޮތުން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރެއްގެ ހައްޖު ކޯޓާ އިން ވަކި އަދަދެއް ހާއްސަ ކުރަން ޖެހެ އެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލާ، އެހީތެރިއަކު ގެންދަން ޖެހޭ މީހުންނަށް އެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.އެގޮތަށް ފުރުސަތު ދެވޭނީ އާއިލާގެ މީހެއް ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނޭ ނަމަ އެ މީހަކު ގެންދިޔުމަށްއެގޮތަށް ފުރުސަތު ދޭ މީހަކީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް ވެގެން ނުވާނެއަންނަ ހިޖުރީ އަހަރުގެ ކުރިން ހައްޖު ތަރުތީބަށް އުސޫލުގައި ބުނާގޮތަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.ފަސް އަހަރު ފަހުން އަލުން ހައްޖަށް ދެވޭ ގޮތަށް އުސޫލުތައް ބަދަލުކުރިއިރު, މިއީ އެހެން ގައުމުތަކުން މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.އިސްލާމިކް މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން ހައްޖަށް ގެންދާ މީހުންނަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލު ކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް އަމަލު ކުރާތޯ ކަށަވަރުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ