ކުޑަގިރި ޑައިވް ސައިޓް ރެޑީވަނީ: އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު ފައްތައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކ. ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޑައިވް ސައިޓަށް ފައްތަން ހަމަޖެހިފައިވާ އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު މިއަދު ފައްތައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި ދިވެހި ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސް ފަތުރުވެރިންނަށް ޓާގެޓް ކޮށްގެން ތައްޔާރު ކުރާ ޑައިވް ސައިޓަށް މިއަދު ވަނީ އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު ފައްތާފަ އެވެ.
ކުޑަގިރި ޑައިވް ސައިޓަށް މަތިންދާބޯޓް ފައްތަނީ 
މި ޑައިވް ސައިޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އެމްއެމްޕީއާރުސީއާ އެމްޓީސީސީގެ އެހީތެރިކަމުގަ އެވެ.
މި ތަން ތަރައްގީކޮށް ނިމުމުން މި ޑައިވް ސައިޓް ވާނީ އާދާޔާ ހިލާފު ޝައުގުވެރި ތަނަކަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
ކުޑަގިރި ޑައިވް ސައިޓަށް މަތިންދާބޯޓް ފައްތަނީ 
އެޗްޑީސީން ބުނި ގޮތުގައި މި ޑައިވް ސައިޓް ތަރައްގީ ކުރަނީ "ދޫނި" ނަމުގަ އެވެ. އެހެން ކަމުން އެ ސައިޓަށް ނިސްބަތް ކުރާނީ "ކުޑަގިރީ ދޫނިއާ ރެކް" ގެ ގޮތުގަ އެވެ.
މި ސައިޓަށް މަތިންދާބޯޓްތައް ފެއްތުމުގެ ކުރީން އެ ސަރަހައްދުގެ އީއައިއޭ ވަނީ ހަދާފަ އެވެ.
ކުޑަގިރި ޑައިވް ސައިޓަށް މަތިންދާބޯޓް ފައްތަނީ 
މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީއާ އެމްޓީސީސީއާ އެމްއެމްޕީއާރުސީގެ ވެރީން ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ