ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް، އެ މަޤާމުގެ ޒިންމާތަކުން އެކަހެރި ކޮށްފިއެވެ. އޭނާ އެކަހެރި ކުރެވުނީ، މިމަހު 23 ވަނަ ދުވަހު ބޭއްވުނު ޕޮލްކޯ ބޯޑި ބައްދަލުވުމުގެރތެރެއިންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހެޅިފައިވާތީއެވެ. އަދި އެ މައްސަލަ ނިމެންދެން ސީއީއޯގެ ޒިންމާތަކުން އަނީސް އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕޮލްކޯ ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޕޮލްކޯގެ ސެކްރެޓަރީ އިބްރާހިމް ޚަލީލާ ހަވާލުކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
Advertisement
އިބްރާހިމް ޚަލީލަކީ 2020 ޖުލައި މަހުން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަނީސް ޒިންމާތަކުން އެކަހެރިކޮށްފައިވާއިރު، ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލްކޯގެ އޮފީހަށް ދެފަހަރެއްގެ މަތިން ވަނީ ވަދެފައެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ
ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުގެ ޒިންމާތަކުން އެކަހެރި ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ