ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ކުޅުދުއްފުއްޓަށް ހިމެނޭ 3000 ހައުސިންގ ޔުނިޓްގެ ތެރެއިން 2000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިއަހަރުތެރޭގައި ފެށޭނެކަމުގައި ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމުގައި ކައުންސިލް މެންބަރު އިބުރާހިމް އަހުމަދު (އެއްބެ) ވިދާޅުވެއްޖެ އެވެ.
ކޮންޓެކްޓާ ފައިނޭންސް އުސޫލުން 150 ޔުނިޓްގެ ރިއަލް އެސްޓޭޓް މަޝްރޫއު ކުރިއަށްގެންދިޔަ އެޖެންޑާގައި ބަހުސްކުރައްވަމުން އިބުރާހިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި 3000 ހައުސިންގ ގެ ތެރެއިން 2000 ހައުސިންގ ގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެކަން ސަރުކާރުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ކުރީގެ ސަރުކާރުން ފަށައި މަސައްކަތް ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތްވެސް މިއަހަރު ފުރަތަމަ 6 މަސްތެރޭގަ އަލުން ފެށޭނެކަންވެސް ސަރުކާރުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، 400 ހައުސިންގ އާއި 2000 ހައުސިންގ ގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށްގެންދާކަމަށެވެ.
"400 ހައުސިންގ ޔުނިޓާއި 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށްގެންދާކަން. އެގޮތުން 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުއްޓިފަ މިދިޔަ އެއްއަހަރު ދުވަހަކީ ހަމަ ވަރަށް ބޮޑަށް ހިތާމަކުރާކަމެއް. 2024 ވަނަ އަހަރަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރާ އަހަރެއް. ޕްރޮޖެކްޓެއް ކުރިއަށްނުދިޔުން. އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް އެއީ." ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރު ވިދާޅުވި އެވެ.
2400 ހައުސިންގ ގެ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ސަރުކާރުގެ ވިސްނުމަކީ އެސްއޯއީއަކާއި ހަވާލުކޮށްގެން ޑޮމެސްޓިކް ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔުން ނުވަތަ ކޮންޓެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދިޔުންކަމުގަ އެވެ. މިއަހަރުގެ ބަޖެޓް ފާސްވެގެންދިޔައީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިބުރާހިމް ވިދާޅުވީ، 2000 ހައުސިންގ އަޅަން ބޭނުންވާ ބިން ހަމަޖައްސަން ކައުންސިލުގައި އެދިފައިވާކަމަށާއި އަދި އެކަން ކުރިއަށްގެންދެވިފައިވާ ކަމަށެވެ.
ކޮންޓެކްޓާ ފައިނޭންސް އުސޫލުން ރިއަލް އެސްޓޭޓް މަޝްރޫއުއެއް ކުރިއަށްގެންދަން މޭޔަރު އާތިފް އިސްނަށްގަވައިގެން ކުރެއްވި މަސައްކަތަށް އިބުރާހިމް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އަދި ތަރައްގީވެފައިވާ ސިޓީތަކުގައި ރިއެލް އެސްޓޭޓް މަޝްރޫއުތަކަކީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދާ މަޝްރޫއުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
2400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ: އިބުރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ