ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު އިއްޔެ ނިިޔާވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފި އެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރަޝީދުއަކީ 18 ވަނަ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެނާ ނިޔާވުމާ ގުޅިގެން އެނާގެ އާއިލާއަށް އަބްދުއްރަހީމްގެ އަމިއްލަ ނަންފުޅުގަ އާއި މަޖިލިސް މެންބަރުންގެ ނަންފުޅުގައި ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި އެ މަރުހޫމްގެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން، އަދި އެ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެނގިފައިވާގޮތުގައި އަހްމަދު ރަޝީދު އިއްޔެ ނިޔާވީ ރަޝީދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އައިޖީއެމް ހޮސްޕިޓަލުގަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރީ އިއްޔެގެ މަގުރިބު ނަމާދަށްފަހު އެެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވީ އޭރު ވެރިކަން ކުރަމުންދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގަ އެވެ. މަޖިލީހުގެ ދައުރުގެ ތެރޭގައި އޭނާ ވަނީ މާލިއްޔަތު ކޮމިޓީ، 241 ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ގައުމީ ތަރައްގީގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ