ތަކަންދުއާއި މާރަންދޫއަށް އާރްޓީއެލްގެ ދަތުރުތައް އަންގާރަ ދުވަހު ފަށަނީ ފުވައްމުލަކަށް ޖައްސަނިކޮށް، މޯލްޑިވިއަންގެ ބޯޓަކަށް އިންޖީނު މައްސަލައެއް ދިމާވެއްޖެ އަގުހުރި އިނާމުތަކާ އެކު އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފި ޖުޑީޝަލް ސަރވިސ

އައްޑޫ ހުޅުމީދޫގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި ޢުމުރުން 18 އަހަރުގެ މުހައްމަދު އިލްމު އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި މިއަދު ފެށި “އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ކުރަމުން ދަނިކޮށް އިއްޔެ ހެނދުނު 11:30 ހާއިރު އެ އެކްސިޑެންޓުވީ ސައިކަލު ރޭސިން ޕްރެކްޓިސްގައި އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ލިބުނު އަނިޔާއަށް އިލްމު އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އެކަމަކު، ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް އިއްޔެ އޭނާ މާލެ ގެނައީ އެވެ.
މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު އޭނައަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
ފުލުހުން ވެސް ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް، އިލްމަށް ލިބުނު ގެއްލުމުގެ ތަފުސީލު ފުލުހުން ވެސް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ