”މަތީ އަރުތަވެރިންގެ އިނާމު 2024″ގެ ފަހު ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި، މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންނާއި، ސާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިޙާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީީސް މުއިއްޒު ވަނީ، މަތީ ސާނަވީ އިމްތިހާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން ”އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،“ ހާސިލުކުރި 2 ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައި، ސާނަވީ އިމްތިޙާނުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި 57 ދަރިވަރުންނަށާއި، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، މަތީ ސާނަވީ އިމްތިހާނުން ގައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދައިގެން ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިގުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
ހުރިހައި އުމުރުފުރާއެއްގައިވެސް ދިވެހި ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަށާއި، ތައުލީމީ ބިނާރު ހަރުދަނާކުރެއްވުމަށާއި، ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މި ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ