ސިންގަރ ފަރުނީޗަރުގެ އާ ފިހާރައެއް އަމީރު އަހުމަދު މަގު، ހ. އިވީގައި ހުޅުވައިފި އެވެ.
އެ ފިހާރައިން ސިންގަރ ގެ ފިހާރަތަކުން ލިބެން ހުންނަ ސޯފާ، ބަދިގެ ކާ މޭޒާއި ގޮނޑި، ބެޑްރޫމް ސެޓްގެ އިތުރުން އިތުރު ފަރުނީޗުރުތައް ވެސް ލިބެން ހުންނާނެ އެވެ.
ސިންގަރ އިން އަންނަނީ މެލޭޝިއާއިން އުފައްދާފައިވާ އެކި ފަރުނީޗަރު ވެސް ވިއްކަމުންނެވެ. އޭގެ ތެރޭގައި ކޮޓަރި އަދި ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ހިމެނެ އެވެ.
އެ ފިހާރައިން ވިއްކާ ސޯފާއަކީ ކުދިކުދި ޖާގަތަކަށް ބޭނުން ގޮތަކަށް އަދި ބޭނުން ސައިޒަކަށް ތައްޔާރު ކޮށްލެވޭ ސޯފާއެކެވެ. އަދި ދެތިން ހަފުތާ ތެރޭގައި ކަސްޓަމަރުންނަށް ސޯފާ ރައްދު ކޮށްދެ އެވެ.
މީގެ އިތުރުން ސިންގަރ އިން އަންނަނީ ސެމްސަންގް، ސޮނީ، ފިލިޕްސް، ޕެނެސޮނިކް، އެލްޖީ، ހިޓާޗީ، ޕްރެސްޓިޖް ބީކޯ، ކެންވުޑް އަދި އިތުރު ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ވިއްކަމުންނެވެ.
ސިންގަރ އިން ވިޔަފާރި ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޕްރޮޑަކްޓަކާއި ބެހޭ މައުލޫމާތު ވެބްސައިޓުން ބަލާލައި، ވަގުތުން އޯޑަރު ވެސް ކުރެވެ އެވެ.
ސިންގަރ ފަރުނީޗަރުގެ އާ ފިހާރައެއް އަމީރު އަހުމަދު މަގުގައި ހުޅުވައިފި ސިންގަރ ފަރުނީޗަރުގެ އާ ފިހާރައެއް އަމީރު އަހުމަދު މަގުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ