ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ ޑޮމެސްޓިކް ޓާމިނަލްގެ ދަތުރުތައް، މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަން ނިންމައިފިއެވެ. އެމްއޭސީއެލްއިން މިއަދު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ޑޮމެސްޓިކް ޓާމިނަލްގެ ދަތުރުތައް ބަދަލުކުރުމަށް ޓަކައި ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުތައް ގެނެސް، މިހާރު ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފައެވެ. އެ ބަދަލާއެކު، އެތެރޭގެ ދަތުރުތައް ކުރާ ފަސިންޖަރުންނަށް ލުއިތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މާދަމާއަށް ފަހު ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާނެ ގޮތެއް މިހާތަނަށް އެމްއޭސީއެލްއިން ހާމަކޮށްފައިނުވެއެވެ. ރާއްޖޭގައި އެތެރޭގެ އުދުހުންތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި މަންޓާ އެއާއާއި ވިލާ އެއާއިންނެވެ. ވެރިރަށް މާލެއަށް އައުމަށާއި، ރަށްރަށަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާއިރު، ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެ ޓާމިނަލް ބޭނުންކުރެއެވެ. ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްއިން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ގޮތަށް ހުޅުވައިފައިވަނީ މިދިޔަ އަހަރުގެ ޖުލައި 26ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ