ސީޕީގެ މަގާމަށް އަހުމަދު މުހައްމަދު
މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ. ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔާ ކުރެއްވުމުންނެވެ.އަހުމަދު މުހައްމަދު ވަނީ 1995 ވަނަ އަހަރުން ފެށިގެން 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ. މި ސަރުކާރުގައި ސީޕީއަކަށް ފުރަތަމަ އައްޔަންކުރެއްވީ އަލީ ޝުޖާއު އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އޭނާ ރިޓަޔާކުރެއްވުމުން، އެ މަގާމަށް ނަވީން އައްޔަންކުރެއްވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ