ކުޅިވަރުގެ ދާއިރާއިން ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަ ސްކޯލާޝިޕް ތަކެއް އަންނަ އަހަރު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.
ސުކޫލް ފެންވަރުގެ ކުޅިވަރުތަކުގައި ފާހަގަ ކޮށްލެވޭ ދަރިވަރުންނަށް ދޭ "ކަލާސް އެވޯޑު" ދިނުމުގެ ރަސްމީއާތުގައި ވާހަކަ ދައްކަވަމުން އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ދަރިވަރުންނަކީ ކުޅިވަރުގެ ދާއިރާ އިން ކުރި އަރައިގެން ދެވޭނެ ކުދިންކަމަށާއި އަދި މިގޮތުން ކުޅިވަރުގެ ދާއިރާ އިން އިތުރަށް ކުރިއެރުމަށް ބޭރު ގައުމުތަކަށް ތަމްރީން ހަދަން ދެވޭ ސްކޯލާޝިޕް ތަކެއް އަންނަ އަހަރު ދޫކުރަން ފަށާނެ ކަމަށެވެ.
"ކުޅިވަރުގެ ދާއިރާއިން ކުރިއެރުމަށް ހާއްސަ ސްކޮލަޝިޕް ތަކެއް 2016 ވަނަ އަހަރު ތާރަފްކޮށް ދަރިވަރުންނަށް ދޫކުރަން ފަށާނަން،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސްކޮލާޝިޕްތަކުގެ މައިގަނޑު ބޭނުމަކީ ކުޅިވަރުގެ ދާއިރާއިން ކުރިއަރަން ބޭނުންވާ ދަރިވަރުން ނަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށާއި އަދި މި ކަމަކީ ސަރުކާރުން ގެންގުޅޭ އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށެވެ.
ކުޅިވަރުގެ ދާއިރާގެ ސްކޮލާޝިޕްތަކެއް އަންނަ އަހަރު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ