ބްލޫ ލެގޫން ރެޒިޑެންސްގެ ޕާލް ޓަވަރުގެ އެޕާޓްމަންޓްތަކުގެ ބުކިން ހައްދަން ހުޅުވާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސަސްގެ ދެވަނަ ރެސިޑެންޝަލް ޓަވަރު ކަމަށްވާ 'ޕާލް' ޓަވަރުގެ އެޕާޓްމަންޓްތަކުގެ ބުކިން ހެދުމަށް ހުޅުވާލައިފިއެވެ. މި ޑިސެމްބަރު މަހުގައި، އިމާރާތް ކުރަން ފެށި، މި މަޝްރޫއިން، ރާއްޖޭގެ ލަގްޒަރީ ހައުސިން މާކެޓަށް އިންގިލާބީ ބަދަލެއް ގެނުވާނެއެވެ. މިހާރު، މި މަޝްރޫއުގެ ކޮމާޝަލް ބައިތަކާއި ރެޒިޑެންޝަލް ބައިތަކުގެ މަސައްކަތްތައް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގައި ހިމެނޭ ދެވަނަ ޓަވަރު ކަމަށްވާ ޕާލް ޓަވަރު ބުކް ކުރުމަށް މިހާރު މިވަނީ ހުޅުވާލާފައެވެ. ޕާލް ޓަވަރުގެ ފުރަތަމަ 10 ފަންގިފިލާ ބުކިންއަށް ހުޅުވާލާފައިވާއިރު މި ޓަވަރު ހުންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވައިދޭ ބުރިޖާ ކައިރން މެރީނާ ވިއު ފެންނަ ދިމާލުގައެވެ. ވަކިން ޚާއްސަކޮށް މިއީ މުޅި ހުޅުމާލެއިން ވެސް މެރީނާ ވިއު ފެންނާނެ ރެޒިޑެންސް ޓަވަރުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް ކޮރަލް ޓަވަރުގެ 13އާއި 14އާއި 15 ވަނަ ފަންގިފިލާގެ ޔުނިޓުތައް ވެސް މިހާރު ވަނީ ބުކިންއަށް ހުޅުވާލާފައެވެ. މި މަޝްރޫޢު ފެށިއިރު ހުރި އަގުތަކާ އަޅާބަލާއިރު، މިހާރު ވަނީ ގާތްގަނޑަކަށް 15 ޕަސެންޓްގެ ކުރިއެރުމެއް އަގުތަކަށް އައިސްފައެވެ. އަވަހަށް ބުކްކުރާ ފަރާތްތަކަށް، މިހާރު އިޢުލާނުކޮށްފައިވާ އަގުތަކުގައި 50 ޔުނިޓެއް ދޫކުރާނެއެވެ. އޭގެ ފަހުން ޔުނިޓްތަކުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ބްލޫ ލެގޫން ރެޒިޑެންސްގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ބްލޫ ލެގޫން މި ޓަވަރުތަކުގެ އެޕާޓްމަންޓުތަކަކީ ޖާގަ ތަނަވަސް އެޕާޓްމަންޓުތަކެކެވެ. އެގޮތުން އެންމެ ކުޑަ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި ވެސް 1،035 އަކަފޫޓު ހުންނާނެއެވެ. ހަމައެއާއެކު ދެ ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓުތަކުގައި 1،280 އަކަފޫޓު، 2+1 އެޕާޓްމަންޓުތަކުގައި 1،340 އަކަފޫޓު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގައި މަދުވެގެން 1،795 އަކަފޫޓު ހުންނާނެއެވެ. "ބްލޫ ލެގޫން" މަޝްރޫޢަކީ "ޕާލް" އަދި "ކޮރަލް" ގެ ނަމުން ނަންދެވިފައިވާ ދެ ޓަވަރުގެ މައްޗަށް އެކުލެވިގެންވާ މަޝްރޫޢެކެވެ. އޭގެތެރޭގައި، 250 ލަގްޒަރީ އެޕާޓްމަންޓް ހިމެނޭއިރު، ރާއްޖޭގައި އަލަށް ތަޢާރަފުކުރާ "އޯޕަން ކޮންސެޕްޓް" މޯލް ކަމަށްވާ "ބްލޫ ލެގޫން ކޮމާޝަލް އާކޭޑް" ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު މި މަޝްރޫޢު އިފްތިތާޙުކޮށްފައި ވަނީ "ކޮރަލް ޓަވަރު"ގެ ވަކި ފްލޯތަކަކަށް ޚާއްޞަ "އާލީ ބާޑް" އަގުތަކަކާ އެކުގައެވެ. މިއީ މަޝްރޫޢުގެ ކުރީކޮޅު، ހެޔޮ އަގުގައި ފެންވަރު ރަނގަޅު ތަނަވަސް ގެދޮރު ގަތުމަށް ކަސްޓަމަރުންނަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. މި މަޝްރޫޢުގެ ދަށުން ރެޒިޑެންޓުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކްލަބް ހައުސްއާއި ރާއްޖޭގައި ހުންނާނެ އެންމެ ބޮޑު "ޓެރަސް ގާޑަން" ހިމެނެއެވެ. ޖުމްލަ 35،000 އަކަފޫޓަށް ވުރެ ބޮޑު ސަރަޙައްދެއް ޚިދުމަތްތަކަށް ޚާއްޞަކޮށްފައި ވާއިރު، މީގެ ތެރެއިން 30،000 އަކަފޫޓަކީ ހުސް ޖާގައިގެ ގޮތުގައި ތަރައްޤީކުރެވޭ ބައެވެ. މިއީ މާލެ ސަރަޙައްދުގެ ކުޑަ ޖާގަތަކާއި ބާރުބޮޑު ދިރިއުޅުމުން ދުރުވެ، ހިތްފަސޭހަ މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ރެޒިޑެންޓުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ހަމައެއާއެކު 16،500 އަކަފޫޓުގެ "ގްރޭންޑް ކްލަބް ހައުސް" ފަރުމާކޮށްފައި ވަނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ލުއިފަސޭހަ ދިރިއުޅުމަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާ އެކުގައެވެ. މީގެ ތެރޭގައި ޖިމް، މަލްޓިޕާޕަސް ހޯލް، ތިއޭޓަރު، ކުޑަކުދިން ކުޅޭ ތަނަކާއި، ޑޭކެއާ އަދި މީޓިން ރޫމްތައް ވެސް ހިމެނެއެވެ. އެޕާޓުމެންޓުތަކުގެ ވާޗުއަލް ޓުއާއެއް ތަޖުރިބާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކޮށްގެން އެޕާޓްމަންޓުތައް ބަލާލުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ