ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ސަނީ ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ކުރީން ވެސް ދެ ފަހަރު ހައްޔަރުކޮށް ދޫކޮށްލި އެވެ.
ސަނީގެ މައްޗަށް ހިންގާ ތަހުގީގާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން މިއަދު ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ބުންޏެވެ.
ފުލުހުން އެހެން ބުނީ ސަނީ މިހާރު ދޫކޮށްލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާތީ އެވެ. ފުލުހުން ބުނީ ސަނީ އުމަރު 30 ދުވަހަހަށް ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު ހަމަވާނީ ޖެނުއަރީ ފުރަތަމަ ދުވަަހަށް ކަމަށެވެ.
އޭނާގެ މައްޗަށް އޮތީ ކުޑަކުދީންތަކެއްގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ.
ސަނީ އުމަރު ހުރީ ބަންދުގައި, ތަހުގީގަށް ކުރިއެރުން ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ