ބޮޑުތަކުރުފާނު މަގު ހެދުން: މަގު ފުޅާކުރަން ބޭނުންވާ ބިންހިއްކާ ނިންމާލައިފި

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތާއި، މަގުގެ ދުވާރު ހެދުމަށް ބޭނުންވާ ގައު ޖެހުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
މަޝްރޫޢުގެ ސެގްމެންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް 145 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިމިފައެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި މި މަސައްކަތް ނިންމާލުމަށްފަހު، ފެން ހިންދާ ކާނުގަނޑުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ