ދިވެހި ސަރުކާރުން އިސް ކުރާނީ ގައުމު ކަމަށާއި، ކޮންމެ ފިކުރެއްގެ ކައުންސިލަކާއެކު ވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އއ.ރަސްދޫ އިން ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ، ހުރިހާ ސިޓީތަކެއްގެ ރައްޔިތުން ވެސް ހަމަހަމަ. އެންމެ ކުޑަ ރަށުގެ ރައްޔިތުންނާ އެންމެ ބޮޑު ސިޓީގެ ރައްޔިތުންވެސް ހަމަހަމަ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ތަރައްގީގެ ވިސްނުމުގައި މަސައްކަތް ކުރަމުން ދިޔަޔަސް، ކައުންސިލްތަކުން އެކަމަށް އެއްބާރުލުން ނުދޭނަމަ، އެމަނިކުފާނު އެ ވާހަކަ ދައްކަވާނެ ކަަމަށެވެ.
އަދި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ކުރަންޖެހޭ މަސައްކަތެއް ކޮށްގެން ވެސް، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަމުގައި ސަރުކާރުން ދާނީ ކުރިއަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ކައުންސިލުތަކުން އެއްބާރުލުން ނުދިން ކަމުގައި ވިޔަސް، ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި، އިހްލާސްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިރޭ ވަނީ ދެއްވައިފައެވެ.
އިސްކުރާނީ ގައުމު، ކޮންމެ ފިކުރެއްގެ ކައުންސިލަކާއެކުވެސް މަސައްކަތް ކުރާނަން: ރައީސް މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ