ކުއްލި ހާލަތުގައި ގުޅާނެ ނަމްބަރު 911 އިފްތިތާހުކޮށްފި

ރާއްޖޭގައި ކުއްލި ހާލަތުގައި
ގުޅާނެ ނަމްބަރު 911، ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު އިފްތިތާޙްކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް އިފްތިތާޙް ކޮށްދެއްވީ ދާޚިލީ ސަލާމަތާއި
ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
ރޭގެ ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލްގެ ހެޑް
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަލީ ވިދާޅުވީ މީގެކުރިން ކުއްލި
ހާލަތުގައި ގުޅަނީ ތަފާތު އެކި ނަމްބަރުތަކަށް ކަމަށެވެ. އަދި 911 އިފްތިތާހު ކުރުމާއެކު
ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށާއި ކުރިން ހިދުމަތް ދިނުމުގައި ދިމާވި
ތަފާތު ގޮންޖެހުންތަކާއި އުނދަގޫތަކަށް ނިމުމެއް އަަންނާނެ ކަމަށެވެ.
އިމަޖެންސީ ޚިދުމަތްތައް އެއް
ނަންބަރެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސެވުމަކީ ރައީސް ޑރ މުހައްމަދު
މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ