ކަރެކްޝަންސްގެ އޭސީޕީ އާސިފް މަގާމުން ސަަސްޕެންޑް ކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން އިއްޔެ ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފިއެވެ.
ކަރެކްޝަންސް އިން ވަނީ މިކަން 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދީފައެވެ. ނަމަވެސް މި މައްސަލައަކީ މިވަގުތު ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމުން އެ މައްސަލައާ ގުލޭ ގޮތުން އިތުރު ތަފްސީލް ހާމަ ނުކުރެވޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ކަރެކްޝަންސްގެ މުވައްޒަފުންނަށް އެންގި އެންގުމެއްގައި އެތަނުގެ އެއްވެސް އިމާރާތަކަށް އާސިފް ވެއްދުން ވަނީ މަނާކޮށްފައެވެ.
އާސިފްގެ މައްޗަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓްތަކަށް ޖަމާކުރުމުގެ ތުހުމަތެވެ.
ޕްރިޒަންސް ކުލަބުގެ ރައީސްކަން ކުރައްވާ އާސިފްގެ ހިޔާނާތުގެ މައްސަލަ ފެންމަތިކޮށް ކަރެކްޝަންސްގެ މުވައްޒަފުން ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަން ހުށަހެޅުމުން ވެސް އޭނާއާ މެދު ފިޔަވަޅު އެޅުން ލަސްވެފައި ވާތީ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ