މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. މި ރީނދޫ ސަމާލުގެ ވަގުތަކީ 07:15 އިން ފެށިގެން 11:15 އެވެ. އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ ސަރަހައްދުގެ ކައިރީގައި އުފެދޭ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް މޫސުން ގޯސްވާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ސަރަހައްދުތަކަށް ވައި ބާރުވެ، ބައެއް ސަރަހައްދުތަކަށް ކަނޑު ގަދަވެ، އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން މެޓް އޮފީހުގެ އެންމެފަހުގެ މޫސުމީ ނިންމުންތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ